އައްޑޫ ހޮސްޕިޓަލް: މަލަމަތި ރީތި އެކަމަކު ފެންވަރެއް، ހިދުމަތެއް ނުލިބޭ

އެއީ ބަލާލަން ރީތި އިމާރާތެކެވެ. ސިއްހީ ހިދުމަތް ދޭން ރާއްޖޭގައި ހާއްސަކޮށްފައިވާ އިމާރާތްތަކުގެ ތެރެއިން އެ ވަރުގެ އިމާރާތެއް ނެތެވެ. ނަމަވެސް އެތަނުގެ ހިދުމަތް ހޯދާ ރައްޔިތުން ބުނަނީ އައްޑޫ އިކިއުޓޯރިއަލް ހޮސްޕިޓަލުގެ ފެންވަރެއް ނެތް ކަމަށެވެ. މަލަމަތި ރީތި ނަމަވެސް އެކަށީގެންވާ މިންވަރަކާ ގާތަށް ވެސް ހިދުމަތް ނުލިބޭ ކަމުގެ ޝަކުވާ ބޮޑެވެ.